ބާޒާރުމަތީ އެއްގަމު ތޮށި ތަރައްޤީކުރުމަށް ހަމަޖެހިފައިވާތީ، ލޯކަލް މާރުކޭޓު ހުޅަނގަށް އޮތް ސަރަހައްދު ހުސްކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަންގައިފިއެވެ.

އެމްޕީއެލްއިން ބުނީ، މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ލޯކަލް މާރުކޭޓުގެ ހުޅަނގަށް އޮތް 100 މީޓަރު ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް 19 ޑިސެމްބަރު 2025ވަނަ ދުވަހުގެ 00:00 ގެ ކުރިން، އުޅަނދުތައް ނަގައި ހުސްކުުރަން އަންގާކަމަށެވެ.

މީގެ އިތުރުން އެމްޕީއެލްއިން ބުނީ، އެމްއެމްއޭ ކުރިމަތިން އޮންނަ ސަރަޙައްދުގައި އުޅަނދުތައް އެޅޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށާއި އުޅަނދުފަހަރު އަޅައިފައި ބޭއްވޭނެ ސަރަޙައްދުތަކުގައި ފާހަގަތައް ޖަހާފައި ހުންނާނެ ކަމަށެވެ.

Leave a Reply