ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ މޭ 2، 2024 ގައި ފެށި ކުރަނގި އޮޕަރޭޝަނަށް ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

“ފާއިތުވި 10 މަސް ތެރޭގައި ބިދޭސީންގެ މައުލޫމާތު އެއްކުރެވުނު އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް ވަނީ އަރާފައި” މިނިސްޓްރީން ބުނީ އޭގެ ތެރެއިން 65،000 ބިދޭސީންނަކީ ގްރޭޓާ މާލޭ ސަރަހައްދުގައި އުޅޭ ބިދޭސީން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގައި އެއްކޮށްފައިވަނީ 40 ހާސް ބިދޭސީންގެ މައުލޫމާތު ކަމަށެވެ. އަދި ބުނީ ބިދޭސީންގެ މައްސަލަ އެހާ ބޮޑަށް ބޮއްސުންލައިގެން ދިޔައީ މީގެ ކުރީގެ ސަރުކާރުތަކުން އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން ކަމަށެވެ.

ކުރަނގި އޮޕަރޭޝަން ނިމުމުން ބިދޭސީން ގެނައުމުގައި މިހާރު އޮތް ދަތިތައް ފިލައިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިއަދާ ހަމަޔަށް މައުލޫމާތު ނުދޭ ފަރާތްތައް އަންނަ އޭޕްރީލްގެ 30 ގެ ކުރިން ފޮރިން ލޭބާ ޑިޕާޓްމެންޓާ ހިއްސާކުރަން އެދިފައިވެ އެވެ.

އެ ތާރީހަށް ފަހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ޑިޕޯޓްކޮށްލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އަދި ވަކިން ހާއްސަކޮށް ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޒަމާނުއްސުރެ އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިހާތަނަށް 6076 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *