ވޯލްޑް ޓްރެވަލް މާކެޓް ލަންޑަން 2025 ގެ ތެރެއިން، ވިޒިޓް މޯލްޑިވްސް އިން ޕްރޮމޯޝަނަލް ކެމްޕެއިން ހަރަކާތެއް ގޮތަށް ދެ މަސް ދުވަހުގެ މުއްދަތަކަށް ޓެކްސީ ކެމްޕެއިނެއް ފަށައިފި އެވެ.

އެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އިއްޔެ ބައިވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރުން ބުނި ގޮތުގައި މި ކެމްޕެއިނުގައި ލަންޑަންގެ މަގުތަކުގައި ދުއްވާ 100 ޓެކްސީ ކާރުގެ ބޭރުގައި ރާއްޖޭގެ މަންޒަރުތައް ސިފަވާ ކުރެހުންތައް ކުލަޖައްސާފައިވެ އެވެ.

މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ، އިނގިރޭސިވިލާތުގެ މާކެޓްގައި ރާއްޖެއަށް ލިބިފައިވާ މަގުބޫލުކަން އިތުރަށް ގަދަކުރުން ކަމަށް ސަރުކާރުން ބުންޏެވެ.

އަދި މަތީ ފެންވަރުގެ ފަތުރުވެރިންނާއި، ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއި، މީޑިއާގެ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

Leave a Reply