ތިނަދޫ ސިޓީގައި މިދިޔަ އޭޕްރީލް މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގީ މިދިޔަ އޭޕްރީލް މަހުގެ 27ގަ އެވެ. ކާރަކާއި ސައިކަލެއް ޖެހިގެނެވެ. އަނިޔާވީ ސައިކަލު ދުއްވަން އިން 31 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ހަމަ އެ ދުވަހުގެ ރޭ އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެ އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ އަންހެން މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު، އިންފެކްޝަން އުފެދިގެން އިތުރަށް މިދިޔަ މޭ މަހު ހާލު ގޯސްވެސްވި އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ

Leave a Reply