ގދ. ތިނަދޫ ސިޓީގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސައިކަލު ދުއްވަން އިން އަންހެން މީހާ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މި އެކްސިޑެންޓްގައި ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް ވެސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގީ މިރޭ 7:45 ހާއިރު ތިނަދޫގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގާ ގުޅޭ ކަންމަތިންނެވެ.

ފުލުހުން ދަނީ މި ކަން އިތުރަށް ބަލަމުންނެވެ.

Leave a Reply