ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މިއަދުން ފެށިގެން އެ އޮންލައިން ފޯމް ފުރުމަށް ހަމަޖެހިފައިވަނީ ލިންކެއް މެދުވެރިކޮށް ދަތުރަށް ފެށުމުގެ 3 ދުވަހުގެ ތެރޭގައި ކަމަށެވެ.

މިނިސްޓްރީން ބުނީ އޭގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

އަދި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ “އެންޓްރީ ވިސާ” ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން، ރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު އެގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މިނިސްޓްރީން އެދުނެވެ.

Leave a Reply

Your email address will not be published. Required fields are marked *