މާލޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ، އަނދަން ފަށައިފިއެވެ.

އަލިފާން ރޯވެފައި ވަނީ މާފަންނު ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައެވެ. އެއީ ތައިބާ މިސްކިތް ކައިރީ ހުރި ގުދަނެކެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިހާރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްވެފައެއް ނުވެއެވެ.

މިއަދު ހެނދުނުވެސް ވަނީ ގުދަނެއްގައި ރޯވެފައެވެ. އެއީ ގަލޮޅު ސަހަރާ ކައިރީ ހުރި ގުދަނެކެވެ. އެތަން ވަނީ އަނދާ އަޅިއަށް ވެފައެވެ.

Leave a Reply