ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެކަން ހާމަ ކުރެއްވީ އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު އެކަމަށް ތާއިދުކުރެއްވި އިރު ރިޔާސީ އިންތިހާބުގެ ބިލާއި މަޖިލިސް އިންތިހާުބު އެއްކޮށް ބާއްވަން ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ބިލެއް ވެސް ހުށަހަަޅައިފައެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހެވެ.

ފަލާހު ހުށަހެޅުއްވި ބިލުގައި ވަނީ މަޖިލީހުގެ މި ހިނގާ ދައުރު ކުރުކޮށް، އަންނަ ރިޔާސީ އިންތިހާބާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. އެއާ އެކު މަޖިލީހުގެ ދައުރު ހިނގާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. މަޖިލީހުގެ މި ހިނގާ ދައުރު ހަމަވާނީ 2029ވަަނަ އަހަރުއެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅި އިރު ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އަދި ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ފުރަތަަމަ ކިއުން މާދަމާ ހުށަހެޅުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

Leave a Reply