
ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު މޯލްޑިވިއަންއިން ވައިގެ މަގުން ގުޅާލައިފިއެވެ.
“ސަދަން ކަނެކްޓިވިޓީ” ގެ ހިދުމަތުގެ ނަމުގައި އެ ހިދުމަތް ތައާރަފްކުރީ އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސަދަން ކަނެކްޓިވިޓީ ހިދުމަތުގެ ދަށުން ދަތުރުތައް ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ. އެއާއެކު ލ. ގއ. ގދ. އައްޑޫ އަދި ފުވައްމުލަކަށް ވައިގެ ދަތުރުތައް ބާއްވާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ ހިދުމަތަކީ ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ގެނެސްދޭނެކަމަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
“މިއީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެސް ގުޅިފައިވާ ކަމެއް. ތައުލީމާއި ވަޒީފާއާއި އަދި ހާއްސަކޮށް އައްޑޫއާއި ތިނަދޫގައި ހުރި ހޮސްޕިޓަލުތަކަށް ސިއްހީ ފަރުވާއަށް ދަތުރުކުރާ ރައްޔިތުންނަށް މި ދަތުރުތަކުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ” މިނިސްޓަރު ވިދާޅުވިއެވެ.
Enhancing southern connectivity ✈️
Expanded services across Addu, Fuvahmulah, Gaafu Dhaalu, and Gaafu Alifu.Plan your journey today.#Maldivianaero pic.twitter.com/sSkoYiRjEl
— MaldivianAero (@MaldivianAero) January 29, 2026
އެ ދަތުރުތަކުގެ އަގުތައް މިހާރު މޯލްޑިވިއަންއިން އާންމުވެސްކޮށްފައެވެ. އެއީ 500އާއި 900ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ.
ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުތަކުގައި ބޭނުންކުރާނީ ސީޕްލޭންގެ ހިދުމަތް ބޭނުން “ޓްވިން އޮޓާ” މަރުކާގެ ކުޑަ މަތިންދާބޯޓުތަކުގެ ފުރޮޅު ހަރުކޮށްގެންނެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































