
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާބެހޭ ސާރވޭ އަށް އާއްމުންގެ ހިޔާލު ހޯދުމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީން އާއްމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
ރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމާފަ އެވެ.
އެޗްޕީއޭ އިން އާއްމުންނަށް ހުޅުވާލާފައިވާ ސުވާލުގައި 4 ބަޔަކަށް ބަހާލާފައިވެ އެވެ. އޭގެ ތެރޭގައި ދުންފަތާއި ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި ގުޅޭ ސުވާލާއި، ދުންފަތުން ލިބޭ ގެއްލުމާއި ގުޅުންހުރި ސުވާލުތަކަށް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުން ދުރުވުމަށް ދޭ ސެޒޭޝަން ފަރުވާގެ މައުލޫމާތުގެ ސުވާލުތައް ހިމެނެ އެވެ.
🚭 Have your say on Tobacco Control in the Maldives!
Share your thoughts and ideas by filling out our short questionnaire. Your voice matters in building a healthier tomorrow!
👉 Click here to take part: https://t.co/TgQGmDdwss#TobaccoFreeMaldives #PublicOpinionMatters…— Health Protection Agency (@HPA_MV) April 14, 2025
އަދި މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މިގޮތުން އެ ގާނޫނަށް އިސްލާހު ގެނެސް ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، 1 ނޮވެންބަރު 2025 ގައި މި ގާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































