ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް މާލީ އިނާޔަތެއް ދޭން ނިންމައި ކަމާ ގުޅޭ ދިރާސާއެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެކަމަކީ ‏ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން ދިރާސާއެއް ހެދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް، ހުށަހެޅުމަށް، މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލިހުގެ ޖަލްސާގައި ކަމާ ބެހޭ ވަޒީރުންނަށް އަންގަވާފައިވާ ކަމުގަ އެވެ.

 

ތަފްސީލު އަންނަނީ…

Leave a Reply