
ރަސްމާލެ ހިއްކުމުގެ ސްޕީޑް މިހާރު ތިން ގުނަ އިތުރުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު އެކްސްގައި ވިދާޅުވީ ރަސްމާލެ ހިއްކަން އެންމެ ފަހުން ގެނައި ޑްރެޖަރަކީ މުޅި ދުނިޔޭގައި ވެސް ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ޑްރެޖަރެއް ކަމަށެވެ.
އަދި އެ ޑްރެޖަރުން މިއަދު ރަސްމާލެ ހިއްކަން ފަށާފައިވާ ކަމަށާއި އެއާއެކު އެތަން ހިއްކުމުގެ ސްޕީޑް ތިން ގުނަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ވެގެންދާނީ 100 ޕަސެންޓް ނެޓް ޒީރޯ ކާބަން ސްމާޓް އިކޯ ސިޓީއަކަށް ކަމަށާއި އެއާއެކު އެ މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުއަށް ކަމަށެވެ.
One of the two world's largest Trailer Suction Hopper Dredgers
"Cristóbal Colón" of Jan De Nul started reclamation works today to triple up the speed of creation of land for the 100% net zero carbon, smart eco-city "Rasmale": the largest climate adaptation project to be carried… pic.twitter.com/FKqfYSB7X6— Dr Mohamed Muizzu (@MMuizzu) December 1, 2025
ރައީސް ކުރިން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާޗު ހިސާބުގައި ރަސްމާލެ ހިއްކައި ނިމޭނެ އެވެ.
އަދި އެ ތަނުން ޖުމްލަ 25،000 ގޯތި ދޭނެ ކަމަށާއި އަދި މި ދައުރުގެ ތެރޭގައި އެ ތަނުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ވެސް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްްލެއް ލިބޭނެ އެެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































