ދީނީ ޢިލްމުވެރިޔާ އައްޝަޚް ޢަބްދުލް އަޒީޒް ޙުސައިން (އަޒީބެ)އަށް ސްޓްރޯކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ.

އަޒީބެގެ ދަރިކަލުން އަޙްމަދު ކުމައިލް މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ޝައިޚް އަޒީބެއަށް ފަރުވާދެމުން ގެންދަނީ އައިޖީއެމް ހޮސްޕޮޓަލުގައި ކަމަށާއި އަޒީބެގެ ސިކުނޑީގެ ނާރެއް ފިތިފައިވާ ކަމަށެވެ. އަދި އެންމެހާ ފަރާތްތަކުން ހެޔޮ ދުޢާކޮށް ކޮށްދިނުމަށް ވެސް އެ ޕޯސްޓުގައި އެދިފައިވެއެވެ.

އަޒީބެއަކީ ޒަމްޒަމް ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިޔާއެވެ. އެ މަސައްކަތުގައި ޝައިޚް އުޅުއްވާތާ މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ޝައިޚްއަކީ ދިވެހީންގެ ލޯތްބާއި މަޤްބޫލުކަން ހޯދާފައިވާ ބޭފުޅެކެވެ. ހުރިހާ ޢުމުރަކާ ވެސް ގުޅޭ ހިތްހެޔޮ މިޒާޒެއްގެ ބޭފުޅެކެވެ.

Leave a Reply