ދިވެހި ކުންފުނިތަކުން ވަރަށް ރަނގަޅަށް ގަވައިދުން ސަރުކާރަށް ޓެކްސް ދައްކަމުންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރު، ޓެކްސް ގަވައިދުން ދައްކާކަން ފާހަގަކުރެވެނީ ދިވެހިންގެެ ކުންފުނިތައް ކަށެވެ.

“އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއްކަމަކީ ދިވެހިންގެ ކުންފުނިތަކުން ރާއްޖޭގަ އޮޕަރޭޓްކުރާ ދިވެހިންގެ ކުންފުނިތަކުން ވަރަށް ބަރާބަރަށް ޓެކްސް ދައްކަމުންގެންދާކަމަށް ފާހަގަކުރެވޭ. މިސާލަކަށް ބިޒްނަސް ޕްރޮފިޓް ޓެކްސް ކަމުގަވިއަސް.” ވަޒީރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ކުންފުނިތަކުގެ އިންވެސްޓްމަންޓްގެ ފައިދާވެސް ދިގުމުއްދަތެއްގައި ގައުމަށް ކުރަމުންދާކަމަށާއިި، އެގޮތުން ދިވެހި ކުންފުނިތައް ކޮޅަށްޖެހުމަށް ވެދެއްވެން އޮތް އެހީތެރިކަމަށް ކަންކަން މަގުފަހިކޮށްދިނުން މުހިންމު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ބައެއް ކަހަލަ ޓެކްސް ދެއްކުމުގައި މައްސަލަތަކެއް ދިމާވަމުން އެބަދާކަމަށާއި، އެކަން ހައްލުކުރުމަށް މީރާއާއި ގުޅިގެން މަސައްކަތް ކުރައްވަމުންްގެންދަވާ ކަމަށެވެ.

Leave a Reply