އަތޮޅުތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެފަދަ ފަރާތްތަކުގެ ރެޖިސްޓްރީ އެކުލަވާލަން ނިންމީ  އެ ފަރާތްތަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ގަވާއިދުން ޓެސްޓްތައް ހެދުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭކަން ކަށަވަރު ކުުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އަންނަ މަހު އެކަކުން ފެށިގެން  ނ. އަދި ށ.އަތޮޅުގެ ރަށްތަކުގައި އެ ރަޖިސްޓްރީ އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށް މިނިސްޓްރީން ބުންޏެވެ.  އަދި އެހެނިހެން އަތޮޅުތަކުގައިވެސް ކުރިއަށް އޮތް ތިން މަސް ތެރޭގައި މަސައްކަތް ފަށަން ރާވަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ

“އަދި މި ހިދުމަތް ތަންފީޒު ކުރުމަށްޓަކައި .ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައިވާއިރު، ބޭނުންވާ ބޭހުގެ ލިސްޓް އަދި ބަލީގެ ޓެސްޓްތައް ހަދާ، ކޮންޓިނިއު ކުރެވޭނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައެވެ.” މިނިސްޓްރީން އިތުރަށް ބުންޏެވެ.

ރައްޖޭގައި ފަހަކަށް ގައިން ގަޔަށް ނާރާ ބަލިތަކުގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ކެންސަރާއި، ހަކުރު ބަލި އަދި ހިތުގެ ބަލިތައް ފާހަގަކޮށްލެވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *