މާރާމާރީ ހިންގައި، ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ފުލުހެއް ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ކޮޅުފުށި، ލިލީނައިޓް، މުހައްމަދު މައުސޫމް 22،އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ ތަފްސީލު އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ނެރުނު އަމުރުގައި ވަނީ، އޭނާއަކީ ފުލުހަކަށްވުމުން، ގާނޫނު ނެގެހެއްޓުމަށް މަތީ ދަރަޖައަކަށް ޒިންމާ އޮތް މީހެއް ކަމަށެވެ.

މައުސޫމްގެ އެހެން ބަންދު ރެކޯޑެއް ނެތެވެ. ކޯޓުން އޭނާ ބަންދުކުރަން އަމުރުކޮށްފައި ވަނީ ދެ ދުވަހަށެވެ.

Leave a Reply