ފުލުހަކަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ނަލަވާ/ކ. ގުރައިދޫ، ހުސެއިން ޝާވިން (23އ.) އެވެ.

ބަންދު އަމުރުގައިވާ ގޮތުން ޝާވިން ހައްޔަކުރީ ޑިއުޓީގައި ހުރި ފުލުހަކަށް އިންޒާރު ދިން މައްސަލައެއްގައެވެ.

އަމުރުގައިވާ ބުނެފައިވާ ގޮތުން ޝާވިންއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް ފަރާތަކަށްވާތީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ މައްސަލަ ބަލަމުންދާ އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ އެކަމަށް ރިއާޔަތްކޮށް ކުްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ޝާވިންއަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފުލުހުން ހދ. ހަނިމާދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި މީހެއްވެސްމެއެވެ.

Leave a Reply