ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު މި ދެ އަތޮޅުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމާއި ތަރައްޤީއަށް ބޭނުންވާނެ ކަންކަމާއި މަޝްވަރާކުރެއްވުން އޮންނާނެއެވެ. އަދި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މިއީ އެ މަނިކުފާނު ދެ ދުވަހަށް ކުރައްވާ ދަތުރުފުޅުކެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply