ފީނަން ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ފަރާތު ބޭރަށް ފީނަން ދިޔަ ފަތުރުވެރިޔަކު ނިޔާވެފައިވާ މައްސަލައެއް މި މަހުގެ 6 ވަނަ ދުވަހުގެ 12:28 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އެމެރިކާ އަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.

Leave a Reply