ފިނިޝިންގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން، ކުރިއަށް އޮތް 2އަހަރަށް ހިޔާ ފްލެޓްތަކުގެ ކުލި ކަނޑާލައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފެލްޓްތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ފްލެޓުގެ ފިނިޝިންއާއި ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 2ލައްކަ ރުފިޔާގެ ޑިސްކައުންޓް ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެ ކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ، އެ އަދަދު އުނިކުރުމަށްފަހު، ފްލެޓުގެ ބާކީވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނެތްނަމަ، ޑިސްކައުންޓަށްވާ ބައި، މަހަކު 5،300ރ. ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ.

އެހެންކަމުން ހިޔާ ފްލެޓްތަކުގެ ކުލި އަނެއްކާވެސް ދައްކަން ޖެހޭނީ މެއި 01 2028ގައެވެ.

ކުލި ކަނޑައިލި ނަމަވެސް މެނޭޖްމެންޓް ފީ ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަށް ގެނައި ބަދަލާއެކު، ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމެންޓެއްގެ މަހު ކުއްޔަކީ 3،984ރ.އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި 1000ރ. އާއެކު މަހަކު ދައްކަން ޖެހެނީ 4،984ރ.އެވެ.

ނަމަވެސް އެޗްޑީސީން ބުނީ އެ ޑިސްކައުންޓްގެ އަގު ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓްތަކުގެ އަގު ދައްކާ ހަލާސްކުރެވެންދެން ފްލެޓުގެ މަހު ކުއްޔަކީ 5،300ރ.ކަމަށެވެ.

Leave a Reply