
އއ. ރަސްދޫގައި ކޮޓަރިއެއް ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނުު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައިފި އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އައިޖީއެމްއެޗަށް ވަޑައިގެން އާއިލާއާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސަރުކާރުގެ ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓްކުރައްވައިފަ އެވެ.
ދެމަފިރިންގެ ހާލު ވަރަށް ސީރިއަސް އެވެ. އުމުރުން 31 އަހަރުގެ ދެ މީހުނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްްއެޗުން އިއްޔެ ބުނެފައިވެ އެވެ.
ދެމަފިރިންގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު، ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.