ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

އެންސްޕާ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން މިދިޔަ އަހަރު 4.78 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާ، 93 ފަރާތަކަށް އެހީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. އޭގެ ތެރެއިން އައިވީއެފް ކާމިޔާބުވެފައި ވަނީ 23 ފަރާތެކެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ދައުލަތުގެ އެހީގައި އައިވީއެފް ފަރުވާ ހޯދައިދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، އެހީއަށް އެދި ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

 

Leave a Reply