ފާދިއްޕޮޅާއި މާލެއަތޮޅުގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ފާދިއްޕޮޅު މީހުން ދިރިއުޅޭ 4 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެއީ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓެވެ. މާލެ އަތޮޅުން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްތަކަށް އެ މަނިކުފާނު ޒިޔާރަތްކުރައްވައި ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވާ މަންޒިލަކީ ޅ އަތޮޅު އޮޅުވެލިފުއްޓެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply