
ފަލަސްޠީނުގެ ޙާލަތު އަދިވެސް އޮތީ ގޯސްކޮށްކަމަށާއި ބައިންލައަޤްވާމީ މުޖުތަމަޢުން ޢަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޔަހޫދީން މެދުކެނޑުމެއްނެތި ޣައްޒާއަށް ޙަމަލާތައް ދެމުން އަންނަ ކަމަށެވެ. އަދި ހުޅަނގު އައްސޭރީގެ އުތުރުން ބިންތައް ހިފައި ޔަހޫދީން އާބާދު ކުރުވަމުންދާ ކަމަށާއި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅުމަށާއި ހަމަޖެހުން ހޯދުމަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
As we observe the International Day of Solidarity with the Palestinian People, the reality on the ground remains devastating. The violation of the fragile ceasefire, relentless Israeli strikes on Gaza, continued settlement expansion, and severe restrictions on daily life deny… pic.twitter.com/TuZ9HpF8T5
— Dr Mohamed Muizzu (@MMuizzu) November 29, 2025
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި އެ ރައްޔިތުންގެ އުންމީދުތައް ޙާޞިލްކޮށް ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ތެދުވަންޖެހޭ ކަމަށެވެ. އަދި ރައީސްގެ ޕޯސްޓް ނިންމަވާލެއްވީ ދިވެހިން ފަލަސްޠީނާއެކު ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި މިނިވަން މުސްތަޤިއްލު ދަޢުލަތެއްގެ ޤާއިމްކޮށް 1967ގެ ކުރީގެ ބޯޑަރުތަކަށް ރުޖޫޢަވެ، އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަންނަކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































