
ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަން ބޭރުގެ އިންވެސްޓަރުން ގެންނަން ވެބިނާއެއް ބާއްވަން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ވެބިނާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 11 ވާ އާދީއްތަ ދުވަހު، މެންދުރުފަހު ރާއްޖޭ ގަޑިން ހެނދުނު 10 ޖަހާއިރު ކަމަށެވެ.
އެ ވެބިނާގައި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ފާހަގަކޮށް، އިންވެސްޓަރުންނަށް ހާއްސަ މައުލޫމާތު ދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ވެބިނާރަށް ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވާ ބުދަ ދުވަހުގެ ކުރިން، ވެބު ލިންކު މެދުވެރިކޮށް ނަންނޯޓް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
In continuation of ongoing investment promotion efforts, the Ministry will be hosting an information webinar for investors, highlighting opportunities within the Maldives tourism industry.
Date: 11 JAN 2026, 10:00hrs Maldives Time.Interested participants are invited to register… pic.twitter.com/twyrShfiGU
— Ministry of Tourism and Environment (@MoTmv) December 21, 2025
މިފަދަ މަސައްކަތްތަކަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން މިހާރު ދަނީ އޮސްޓްރޭލިއާއަށާއި އަދި ކޮރެއާއަށް ވައިގެ ދަތުރުތައް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި ފަތުރުވެރިކަމުގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ އަތޮޅުތަކުގައި އެ ސިނާއަތު ކުރިއަރުވައި އިންވެސްޓްކުރަން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































