ގދ. ފަރެސްމާތޮޑާގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 143 މިލިއަން ރުފިޔާއަށް 270 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ބިން ހިއްކައި 620 މީޓަރުގެ ސަރަަހައްދެއްގައި ރިވެޓްމަންޓްވެސް ޖަހާނެ އެވެ.

ބޯހިޔާވަހިކަމަށް ޖެހިފައިވާ ފަރެސްމާތޮޑާގެ ބިން ހިއްކުމުން ބޯހިޔާވަހިކަމަށް ހައްލެއް އަންނާނެ ކަމަށާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުމުން އުދަ އެރުމުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

 

Leave a Reply