
މި ރޯދަ މަހުގެ ފަހު 10އެއްގެ ރޭ ތަކުގައި ގްރޭޓާ މާޅެ ސަރަަހައްދުގައި ބަހުގެ ހިދުމަތް ދޭ ގަޑިތައް މިރެއިން ފެށިގެން އިތުރުކުރަން ނިންމައިިފި އެވެ.
އެ ނިންމުމާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ 1R، 2R، 6R، 7R އަދި 8R ގެ ދަތުރުތަކާއ،ި މާލެ އެތެރޭގައި ދަތުރުކުރާ 10R، އަދި 11R އިގެ ދަތުރުތަކުގެ ހިދުމަތް ފަހު ދިހައެއްގައި މެންދަމު ދެއަކާ ހަމައަށް ލިބޭނެ ކަމަށް އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަދަލުތައް ގެނައީ ރޯދަ މަސް ފެށުނީއްސުރެ ދަތުރުވެރިން އެންމެ ގިނައިން ބަހުގެ ހިދުމަތް ބޭނުންކުރާ ގަޑި ތަކާއ،ި މިންވަރަށް ބަލައ،ި އާންމުންގެ ހިޔާލުތަކަށް ބިނާކޮށް ކަމަށް އެމްޓީސީސީން ބުންޏެވެ.
“މިގެނެވޭ ބަދަލުތަކާ ގުޅިގެން މި ކުންފުނީގެ އުންމީދަކީ މާތްވެގެންވާ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގައި ބަހުގެ ހިދުމަތް ހޯއްދަވާ ބޭފުޅުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެން ދިއުމެވެ.” އެމްޓީސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ދަތުރުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަން 1650 އަށް ގުޅުމުން ލިބޭނެ އެވެ.