މޯލްޑިވްސް މެރިން ރިސާޗު އިންސްޓިއުޓް(އެމްއެމްއާރުއައި)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މުހައްމަދު ޝިމާލު އައްޔަނުކޮށްފި އެވެ.

އެމްއެމްއާރުއައިގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޝާފިޔާ ނައީމު މިދިޔަ ޖެނުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

އެމްއެމްއާރުއައިއިން މިއަދު އެކްސްގައި ބުނީ ޑީޖީގެ މަގާމަށް މިހާރު ޝިމާލު އައްޔަނުކޮށްފައިވާ ކަމަށާއި އެ ރިސާޗު ސެންޓަރުގައި ޝިމާލު 10 އަހަރު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

އަދި އެމްއެމްއާރުއައިގައި ރިސާޗު ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ޝިމާލުގެ ދައުރު މުހިންމުކަން ވެސް އެ އިންސްޓިޓިއުޓްއިން ފާހަގަކުރި އެވެ.

އެހެންކަމުން ޝިމާލުގެ ލީޑާޝިޕްކަމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އުފަލެއް ކަަމަށް ވެސް އެމްއެމްއާރުއައިއިން ބުންޏެވެ.

ޝިމާލު ވަނީ އެންވަޔަރަމަންޓަލް ސައިންސްއިން ބެޗެލާޒް ޑިގްރީ ހާސިލުކުރައްވައި މެރިން ބައިލޮޖީއިން މާސްްޓާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *