
އެމްޑީޕީން މިރޭ ސަރުކާރާ ދެކޮޅަށް ބާއްވާ ބޮޑު މުޒާހަރާ ކަވަރު ކުރުމަށް ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅައިފިނަމަ, އެ ކަން ރިޕޯޓްކުރަަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެ އެވެ.
މިރޭ ބާއްވާ އެއްވުން ފަށަން ނިންމާފައިވަނީ 08:30 ގައި އާޓިފިޝަލް ބީޗުންނެވެ.
އެމްޖޭއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިރޭ މާލޭގައި އޮންނަ މުޒާހަރާ ކަވަރުކުރުމުގައި ނޫސްވެރިން ހަރަކާތްތެރިވާއިރު ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ފުލުހުންގެ ފަރާތުން ދިމާވެއްޖެނަމަ އެ ޖަމިއްޔާއަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފަ އެވެ.
Covering tonight’s rally? We urge journalists to report any incidents of police obstruction while on coverage.
📱Call/text +960 7681973
✉️ Or DM us here directly pic.twitter.com/7PXbBwQ9jX— Maldives Journalists Association (@mjamaldives) October 3, 2025
އެގޮތުން ޓުވިޓާ މެދުވެރިކޮށް އެމްޖޭއޭއަށް މެސެޖުކޮށް ނޫނީ 7681973 އަށް ގުޅައި އެކަން އެންގޭނެ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.
މިރޭގެ އެއްވުމާ ގުޅެން އަތޮޅު ތެރޭގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން މާލެ އަންނަމުން އެބަ ދެ އެވެ.
މިރޭ ބާއްވާ އެއްވުމަކީ އިދިކޮޅުން ބޮޑު މުޒާހަރާއެއް ނުބާއްވާތާ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ބާއްވާ އެއްވުމެކެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































