ެރ. މީދޫގައި އަޅާ ހޮސްޕިޓަލު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަދި އަރިހުގައި މަޑުއްވަރީ ދާއިރާގެ މަޖިލީހުގެ މެންބަރު އަހުމަދު ޒާހިރު އާއި އާރުޑީސީގެ  މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީދޫ ހޮސްޕިޓަލުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ.

އެ މަސައްކަތް ހަވާލުކުރީ މިދިޔަ މޭ މަހުއެވެ.

ސަރުކާރުން މިދިޔަ މަހު ބުނި ގޮތުގައި މިހާރު ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަމުންދާ ހޮސްޕިޓަލުތަކުގެ ތެރެއިން ހަ ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރު ނިންމައި އެ ތަންތަން ހުޅުވާނެއެވެ.

 

Leave a Reply