މައިކޯބެކްޓީރިއަމުް ޓިއުބާކްލޯސިސް ބެކްޓީރިއާގެ ސަބަބުން ޖެހޭ ޓީބީ ބަލީގެ 148 ކޭސް މިދިޔަ އަހަރު ރާއްޖެއިން ފެނުނު ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.

ހެލްތު މިނިސްޓްރީން އެކަން ހާމަކުރީ އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޓީބީ ނައްތާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ސްޓްރެޓެޖީއާ ގުޅިގެން ރާއްޖެއިންވެސް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

“ރާއްޖެއިން ޓީވީ ނައްތާލުމުގެ މަސައްކަތްތައް ކުރުމަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ މަސައްކަތަށް ބޭނުންވާ ފަންނީ ގައިޑްލައިންތައް މިހާރު ވަނީ ތައްޔާރުކުރެވިފަ އެވެ” ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ޓީބީން ރައްކާތެރިވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރި ކަންކަން

  • ޓީބީ ޖަރާސީމު ހުރިކަން ނުވަތަ ނޫންކަން ޔަގީންކުރުމަށް ޓީބީއަށް ޓެސްޓުކޮށް އަވަހަށް ފަރުވާ ހޯދުން
  • ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުން
  • ތަންތަނަށް ކުޅު ނުޖެހުން
  • ބަލި ޖެހިފައިވާ މީހަކު ދިރިއުޅޭނަމަ ގޭގައި ރަނގަޅަށް ވައި ދައުރުވާހެން ބެހެއްޓުން

Leave a Reply

Your email address will not be published. Required fields are marked *