
ސްޓެލްކޯއަށް ފައިދާވަމުންދާ މިންވަރު އަހަރުން އަހަރަށް ދަށްވަމުން ދިއުމަށް ފަހު މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވަނީ “އެކްސް” ގައި އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ފާއިތުވި 7 އަހަރުގެ އަހަރީ ތަފާސް ހިސާބުތައް ހާމަކުރައްވައިފަ އެވެ.
އެގޮތުން 2018 އިން ފެށިގެން 2020 އަށް އަހަރުން އަހަރަށް ފައިދާވަމުންދިޔަ މިންވަރު އިތުރުވަމުން ދިއުމަށް ފަހު 2021 އަދި 2022 ވަނަ އަހަރު ފައިދާގެ މިންވަރު ވަނީ ދަށަށްގޮސްފަ އެވެ. އަދި 2023 ވަނަ އަހަރު ސްޓެލްކޯ ހިންގީ ގެއްލުމުގަ އެވެ.
STELCO Financial Performance Over the Years
📈 2018: MVR 105M Profit
📈 2019: MVR 109M Profit
📈 2020: MVR 130M Profit
📉 2021: MVR 104.7M Profit
📉 2022: MVR 106.8M Profit
🔻 2023: (MVR 171.9M Loss) ❌
🚀 2024: MVR 137.9M Profit ✅💡 2024’s profit was achieved through:
✔️… pic.twitter.com/SaTcpcyoXQ— Hussain Fahmy (@HussainFahmy09) March 20, 2025
ނަމަވެސް މިދިޔަ އަހަރު ސްޓެލްކޯއި 138 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފަ އެވެ. މިއީ ރެކޯޑް ފައިދާގެ އަދަދެކެވެ.
ފާއިތުވި ހަތަރު އަހަރު ފައިދާގެ ގޮތުގައި ސްޓެލްކޯއަށް ލިބިފައިވަނީ
- 2021ގައި – 104.7 މިލިއަން ރުފިޔާ
- 2022ގައި- 106.8 މިލިއަން ރުފިޔާ
- 2023ގައި- ފައިދާ ނުލިބޭ، 171.9 މިލިއަން ރުފިޔާގެ ގެއްލުން ވި
- 2024ގައި- 137.9 މިލިއަން ރުފިޔާ
ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ މިދިޔަ އަހަރު ފައިދާ އިތުުރުވީ ވަސީލަތްތަކުގެ ބޭނުން ރަނގަޅަށް ހިފައި ބޭކާރު ހަރަދުތައް ކުޑަކޮށް ހިންގުން ހަރުދަނާ ކޮށްގެން ކަމަށެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































