
މިއަދު ކުރުނބާ ރިސޯޓް ބޭރުން 15 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މަސްދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މިއަދު 14:54 އެހާއިރު އަލިފާނުގެ ޙާދިސާ ހިނގި “ފްރެޝް ފްރޮމް ދަ ސީ” ނަމަކަށް ކިޔާ ކަންނެލި މަސްދޯނި އަޑިޔަށް ގޮސް، ދޯނީގެ ބައިތައް ކ.ދޫނިދޫ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލު ބޭރުން އޮޔާދާ ކަމަށެވެ. އަދި މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ އަލިފާނުގެ ޙާދިސާގައި ދޯނި އަޑިޔަށް ދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށް ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަންhttps://t.co/IPPYIGqr3g pic.twitter.com/hJ8IeRhVMz
— Maldives National Defence Force (@MNDF_Official) February 14, 2026
އެހެންކަމުން އެ ސަރަޙައްދުން ފަތުރުފަތުރު ކުރާ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ކުރާނަމަ ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.
މި ޙާދިސާ ހިނގި ވަގުތު އެ ދޯނީގައި ދަތުރުކުރި 15 މީހުންގެ ތެރެއިން 5 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































