ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން އެކަން ވަގުތުން ކުރެވޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހަމަޖައްސައިފިއެވެ.

އީސީއިން ބުނީ، ސިޔާސީ ޕާޓީތަކުގައި ރަޖިސްޓަރީވުމާއި ޕާޓީތަކުން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސްކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން އެ އުސޫލަށް ޢަމަލުކުރަން ފަށައިފައިވާ ކަމަށެވެ.

މިހާރު އަމަލުކުރަމުން ގެންދާ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި:

  • ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވުން.
  • ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުން ހިމެނެއެވެ.

ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް އެ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެކަމަށާއި، އެ މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕާޓީން ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީ ވާނެ ކަމަށް އީސީން ބުނެއެވެ. އަދި ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް( https://my.elections.gov.mv/ )މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކަށް ވަގުތުން ވަކިވާނެ ގޮތަށް ބަދަލުގެނެވިފައިވާ ކަމަށް ވެސް އީސީން މަޢުލޫމާތުދެއެވެ.

Leave a Reply