
މިރޭ މެންދަމު ހަތަރު ގަޑިއިރަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ހަތް ޓަވަރަކުން ފެން ކެނޑިދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިރޭ މެންދަމު 12 އިން ފެށިހެން ފަތިހު 4 ޖެހުމާ ދެމެދު އެކި ވަގުތުތަކުގައި ފެން ކެނޑިދާނެ ކަމަށާއި އެއީ އެ ވަގުތު ފެނުގެ ނެޓްވޯކްގެ މަރާމާތުގެ މަސައްކަތެއް ހިނގާތީ ކަމަށެވެ.
ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނީ ހިޔާ ޓަވަރު 9، 10، 11، 12، 13، 14، 15، އަދި 16 އިންނެވެ.