މިރޭ ހދ. ހަނިމާދޫގައި ހަވާ އަރުވާނެކަމަށް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ބުނެފިއެވެ.

ދިފާއީ ބާރުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިރޭ 20:30ގައި ހަނިމާދޫގައި ގާތްގަނޑަކަށް 3 މިނެޓަށް ވަހާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށްފަހު މިރޭ ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ރަސްމިއްޔާތަށް އިންޑިޔާގެ މަންދޫބެއް ވެސް ރާއްޖެ ވަޑައިގެންފައިވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

Leave a Reply