
މާލޭ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭނެގޮތް ވުން ބޭނުންތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިރޭ އެކްސްގައި ވިދާޅުވީ ޒަމާނުއްސުރެ މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫންކަން އެމަނިކުފާނު 2023 ވަނަ އަހަރު ލިޔުއްވައި ނެރުއްވި “ކިއްލާ މާލެ” ފޮތުގައި ވެސް ބަޔާންކޮށްފައިވާނެ ކަަމަށެވެ.
އެގޮތުން 1750 ވަނަ އަހަރު މާލޭގެ ބޯ ހިމެނުމުން ވެސް އޭރު މާލޭގައި ގިނައިން އުޅުނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުންކަން ވެސް އެނގެން އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
Male’ bimuge bahus eba hingaa. Zamaanuhsureh Male’ akee vaki baehge rasheh noon kan alhugandu ge ‘Kilaa Male’ fothuga bunefavaane.
Misaalakah 1750 ga Male’ boa himeninama fennaanee Male’ gai ginain dhiriulhenee sarahahdhee Kara thakuge meehunaai Raajjeyge eki rah rashuga meehun…
— Mohamed Nasheed (@MohamedNasheed) November 2, 2025
“މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރީއާ ހަމައަށް އެއީ ކެލާ އެދުރުފާނު ގޯތި. އައްޑޫ ސިއްކަގެއީ މިހާރުގެ ސިއްކަގެއިން ފެށިގެން މާލޭ އުތުރު އަތިރިއަށް. މާލޭގައި ކޮންމެ ރަށަކަށްހެން ގެއެއް ހުންނާނެ. 1750ގައި ގިނަވާނީ ބަބުރުން، މަލާބާރު، ތުރުކީ، މިހެންގޮސް މިބާވަތުގެ ސަރަަހައްދީ ރަށްރަށުގެ މީހުން” ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން މާލޭގައި ބިން ދޫކުރަން އެންމެ ރަނގަޅުކަމަށް ްައަދިވެސް ފެނިވަޑައިގަންނަވަނީ “ވެށިފަހި މާލެ ޕްރޮގްރާމް” ގެ ދަށުން ކަމަށާއި އަދި މަލޭ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭގޮތް ވުން ބޭނުންތެރިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މާލޭގެ ރަށްޔިތުންނަށް ރަށްރަށުން ބިން ދިނުމާ ގުޅޭ ގޮތުން ނަޝީދު ވާހަކަ ދެއްކެވި އިރު ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމުން ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































