މާލޭގެ ގެއެއްގައި އުމުރުން 18 އަހަރުގެ އަންހެނަކު ހިފަހައްޓައި، އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

މައްސަލައިގެ ތަފްސީލު ދެމުން މިރޭ ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއެއްގައި ހުއްދަ ނޫން ގޮތުގައި އެ އަންހެން މީހާ ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާ ކޮށްފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 18:11 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.

Leave a Reply