މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ދަންޖެހިގެން މިއަދު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ބުނީ މަރުވީ ސ. މަރަދޫ / ފޯ ފްލާވާ އިބްރާހިމް ޝަމްވީލް (23އ) ކަމަށެވެ.

ކަރެކްޝަނުންު ބުނީ މިއަދު ހަވީރު 4:20 ހާއިރު ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި 4:55 ގައި އިބްރާހިމް ޝަމްވީލް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

އޭނާ އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.

ޝަމްވީލް މަރުވުމާ ގުޅިގެން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *