ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި މޫސާ އިބްރާހިމް (29އ) ޕޯސްޓު މޯޓަމް ހަދަން އިންޑިއާ އަށް ގެންގޮސްފި އެވެ.

ކަރަށް ވަޅި ޖަހާ، ލިބުނު ޒަހަމްތަކުގައި މޫސަ މަރުވެފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިއްޔެ އިންޑިއާ އަށް ގެންގޮސްފައިވާ ކަމަށެވެ.

މޫސަގެ މަރުގެ މައްސަލާގައި ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

Leave a Reply