އއ. މާޅޮސް ގައި ބޮޑެތި ޒަހަމްތަކަކާއެކު ފެނުނު ދިވެހި ފިރިހެނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާޅޮސް ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާކަމުގެ މައުލޫމާތު ރޭ މެންދަމު 1:50 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވީ ރޭ ފަތިހު ކަމަށެވެ.

މަރުވީ މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހުމާނު އަބްދުﷲ (65އ) އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު ފުލުހުންގެ ތަހުގީގު ޓީމެއް އެ ރަށަށް ދިޔުމަށް ދަތުރުކުރަމުންދަ އެބަދެ އެވެ.

Leave a Reply