މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު ޢަބްދުލްފައްތާޙު ނިޔާވެއްޖެއެވެ.

“ދެން” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްތާހު ނިޔާވީ ކުއްލިއަކަށް މިއަދު ހަވީރު ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކް ޖެހުމުން ފުރަތަމަ ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ގެންދެވެން އޮތީ ދިއްދޫއަށް ކަމަށްވުމުން، ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަދި މިހާރު ފައްތާހުގެ ހަށިގަނޑު ދިއްދޫއަށް ގެންގޮސް ޖަނާޒާ ދިއްދޫގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ދެންއަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއަދުވެސް ފައްތާހު އެރަށުގެ އޭނާގެ އެކުވެރިންނާއި އެކު ވަގުތު ހޭދަކުރިކަމަށެވެ. އަދި ބަލިވެ ޞިއްޙީ އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އިން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީގައި ހއ. ކެލާގެ ކައުންސިލް ރައީސް ކަމަށް ކުރިމަތިލައި، އޭނާ ވަނީ އެ ޕްރައިމަރީގައި ވެސް ވާދަކޮށްފައެވެ.

Leave a Reply