މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި 56އަހަރުގެ ފިރިހެނަކު ބ. އޭދަފުށިން ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބ. އޭދަފުށި / ދޭދަރުގެ، ޢަލީ ޝަކީބު (56އ)އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިގެން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޝަކީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Leave a Reply