މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކާމެދު އަމަލުކުރިގޮތުގެ ތަފްސީލު ފުލުހުން ހާމަކޮށްފިއެވެ.

ރޭ 09:15ކަންހާއިރު ފުލުހުން ވަނީ މަސްވެރިންގެ ޕާކުގައި ގްރޫޕް ހަދައިގެން ތިބި ކުޑަކުދިންތަކެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންގޮސްފައެވެ.

އެ މައްސަލައިގައި ބައެއް މީހުންގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވެފައިވާ އިރު އެ މީހުން ބުނީ އެ ކުދިން އެއްވެސް ކުށެއް ކޮށްފައިނުވާ ކަމަށެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން މިއަދު އެކްސްގައި ބުނީ އެ ކުދިން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ކުޑަކުދިންތައް ގެންދިޔައީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ. ގެންދެވިފައިވެއެވެ.

ފުލުހުން ބުނީ އެ ކުދިން ފަހުން ބެލެނިވެރިންނާ ރޭ ހަވާލުކުރި ކަމަށާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުށަހެޅޭ ކަންބޮޑުވުން ތަކުގައި، އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އެޅުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށެވެ.

Leave a Reply