ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން އިސްވެ މަސްވެރިންނާ އެކު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މަސްވެރިންގެ އިހުތިޖާޖާއި ގުޅިގެން ހައްޔަރު ކުރި 3 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެގޮތުން އެ މީހުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ސިއްހީ ހާލަތާއި ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން ތަހުގީގަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ހައްޔަރުގައި ތިބި ދެ މީހުން އިއްޔެ ދުކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އިހުތިޖާޖުގެ ތެރއިން ހަތަރު ބިދޭސީއަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލާފައިވަނީ ސުލްހަވެރިކޮށް އިހުތިޖާޖު ކުރަމުންދަނިކޮށް ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން ބުނެފައިވަނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް މުޒާހަރާގެ ބައިވެރިން ހުރަސްއެޅުމުގެ އިތުރުން ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށާއި، އުޅަނދުފަހަރަށް ހުރަސް އަޅާ، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށެވެ.

Leave a Reply