މަސް ބާނަން ނުކުމެ އުޅެނިކޮށް އޮޔާދިޔަ ދިޔަ ފުވައްމުލަކުގެ ދޯންޏެއް ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު ‘ސަވާރީ’ ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު މިއަދު މެންދުރު ހަތަރެއް ޖަހަން އުޅެނިކޮށް ރިޕޯޓްކުރި ކަމަށެވެ.

އަދި އެ މައުލޫމާތު  ފުވައްމުލައް ސިޓީ ޕޮލިހަށް ލިބުމާއެކު، ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައި ފުވައްމުލަކަށް ގެނައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެތެރޭގައި ހިމެނެނީ 7 އަންހެނުންނާއި ކުޑަކުއްޖެއް ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު އޮޔާ ދިޔަ ދޯނިވެސް މިހާރު ފުވައްމުލަކަށް ގެނެސްފައިވާ ކަމަށެވެ.

Leave a Reply