ތިލަފުށީން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާއި އޭނާ މަރުވެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައި ވަނީ ގެއްލުނީ އަމީން މިއާ (24އ) ކަމަށާއި އޭނާ މަރުވެފައި ވަނީ ގެއްލުނު ދުވަހުކަ ކަމަށެވެ. އޭނާ ގެއްލިގެން ހޯދަނިކޮށް ފެނިފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.

Leave a Reply