އަންނަ މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓަށް، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ)އިން އާންމު ކޮށްފިއެވެ.

އީސީން އާންމު ކުރި ގޮތުގައި ޖުމްލަ 299،876މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެތެރޭގައި ހިމެނެނީ 144،506އަންހެނުންނާއި 150،370ފިރިހެނުންނެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާނުގައި 225ދާއިރާއަކަށް ޖުމްލަ 1،356މެންބަރުން އިންތިހާބު ކުރާނެއެވެ. އަދި މި އިންތިހާބުތައް ކުރިއަށް ގެންދިއުމަށް އަތޮޅުތެރެއާއި ރިސޯޓު އަދި ޖަލުތަކާއި މާލޭ ސަރަހައްދުގައި ޖުމްލަ 588ވޯޓު ފޮށި ބަހައްޓާނެއެވެ.

ކައުންސިލް އިންތިހާބުގައި 1،592އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 1،368ކެންޑިޑޭޓުން ވާދަކުރެއެވެ.

Leave a Reply