ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި މި އިންތިހާބުގައި 294،937 މީހަކަށް ވޯޓު ލެވޭނެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

އީސީއިން ބުނީ އެސްއެމްއެސްއެއް ކޮށްގެން އެމީހެއްގެ ރަޖިސްޓްރީ މިހާރު ބަލައިލެވޭނެ ކަމަށެވެ. އެގޮތުން އެސްއެމްއެސްކުރާނީ ވީއާރް (ސްޕޭސް) އައިޑީކާޑު ނަންބަރު ޖެހުމަށްފަހު 1414 އަށެވެ. އަދި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ އީސީގެ މައިޕޯޓަލް މެދުވެރިކޮށް، މިމަހުގެ 18ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިންނެވެ.

އެ ކޮމިޝަނުން ބުނީ ވޯޓާސް ރަޖިސްޓްރީއަށް ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ “ސިމެދަ ޕޯޓަލް” މެދުވެރިކޮށް ކަމަށެވެ.

މި އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އިންތިހާބުގައި ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިދިޔަ އަންގާރަ ދުވަހު އީސީން ވަނީ ހުޅުވާލާފައެވެ.

 

Leave a Reply