ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް އަނެއްކާ ވެސް ބަދަލެއް ގެނެސްފި އެވެ.

ހުޅުލޭގައި ހުންނަ އެ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖްމަންޓް އާއި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ އެކު މި ހަފުތާގެ ތެރޭގައި މަޝްވަރާކޮށްފައިވެ އެވެ.

އެ މަޝްވަރާތަކަށް ފަހު އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކަކީ:

  • ހުރިހާ އުޅަނދެއް އެއާޕޯޓަށް ވަންނާނީ އެއާޕޯޓްގެ ބޭރު މަގުން
  • އެއާޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް ބޭނުންކުރާނީ ޓެކްސީތައް މަޑުކޮށްގެން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅި
  • އެއާޕޯޓްގެ ޓާމިނަލް 1 އަދި ޓާމިނަލް 2 އަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް އެއާޕޯޓުން ނުކުންނާނީ ޓާމިނަލް 1 ކުރިމަތީގައި އޮންނަ މަގުން
  • ބޭރުމަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ އުޅަނދުތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅި

 

Leave a Reply